އަޅުގަނޑާ ބެހޭގޮތުން
SSC & HSC Islam with Hanoon

އައްސަލާމް ޢަލައިކުމް
އަޅުގަނޑަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސެކެވެ. އަޅުގަނޑުގެ މަޤްޞަދަކީ ދަރިވަރުންނަށް އިސްލާމް މާއްދާ ހަމައެކަނި އިމްތިޙާނަށް ދަސްކުރާ މާއްދާއެއްގެ ގޮތުގައި ނުބާއްވައި، ދިރިއުޅުމުގައި ބޭނުންވާ ޢިލްމެއްގެ ގޮތުގައި ފަހުމުވެގެން ދަސްކޮށްދިނުމެވެ.
ސިލަބަސްގެ ބައިތައް ކުރު ނޯޓްތަކަށް ބަހާލައި، ވީޑިއޯ ފިލާވަޅުތަކާއި ޕާސްޓް ޕޭޕަރ ސެޝަންތަކާއެކު ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ސްޓަޑީ ކޭމްޕްތައް ބާއްވައި، ދަރިވަރުންނާ ސީދާ ބައްދަލުކޮށް ސުވާލު ހަދާނެ ގޮތް އުނގަންނައިދެމެވެ.
1500+
ދަރިވަރުން
72
ކޭމްޕް ބޭއްވި ރަށް
10+
އަހަރުގެ ތަޖުރިބާ
SSC / HSC
ލެވެލްތައް